ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ފަރާތަކުން ބިރު ނުދެއްކޭނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވެފައި މިވަނީ ދައުލަތުގެ ބަޖެޓަށް ވޯޓް ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ކަންކަން ކޮށްދިނުމަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
Rayyithunge Majilīhuge membarunakī rayyithunge mandhūbun. Ebēfulhunnakah evves farāthakun bireh nudhekkēne.
— Maumoon Abdul Gayoom (@maumoonagayoom) November 19, 2017
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ދިރާސާ ކުރަމުންދާ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުނައްވަރު ވަނީ ވަރަށް ބޮޑަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދު ދެއްވާފަ އެވެ. އަދި ދައުލަތުގެ ބަޖެޓަށް ވޯޓް ދެއްވަންޖެހޭނެ ކަމަށާއި ވޯޓް ނުދެއްވައިފިނަމަ، ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ދަތިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރައްވާ އަދި ބަޖެޓަށް ވޯޓް ދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ސަރުކާރުން ގެންގުޅޭ ތަރުތީބަށް ބަލާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މުނައްވަރު އެގޮތަށް ވިދާޅުވެ ވާހަކަ ދެއްކުވުމުން އިދިކޮޅު މެމްބަރުން ވަނީ މީގެ ކުރިން ވެސް އެކިއެކި ސަރުކާރުތަކުގެ ފިނޭންސް މިނިސްޓަރުން މަޖިލީހަށް ވަޑައިގެން ބަޖެޓްގެ މައުލޫމާތާއި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވި ކަމަށާއި ނަމަވެސް ފިނޭންސް މިނިސްޓަރު މުނައްވަރު އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދު ދެއްވާފަދަ ގޮތަކަށް ރައްދު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މަޝްރޫއުތައް ހިންގެވުމަށް ދަތިވާނެ ކަމަށް މުނައްވަރު ވިދާޅުވުމުން އިދިކޮޅު މެމްބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ހިތުހުރި ގޮތަކަށް ބަޖެޓްގައި އަދަދުތަކެއް ޖަހައިގެން އައިސް ވޯޓް ދެއްވާށޭ ބުނި ނަމަވެސް ވޯޓް ދެއްވަން ނުޖެހޭ ކަމަށާއި ބަޖެޓްގައިހުރި އަދުދުތަކުގެ މައުލޫމާތުތަކާއި މެމްބަރުން އޮޅުން ފިލުވަން ބޭނުންވާ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެއްވޭނަމަ އަދި އަމުދުން ވޯޓު ދެއްވަން ނުޖެހޭ ކަމަށެވެ.
ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މަޝްރޫއުތައް ހިންގުމަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 75 ގައި ބުނަނީ މެމްބަރުންގެ މަސައްކަތުގައި އިންތިހާބުވި ދާއިރާތައް ތަމްސީލްކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރަންވާނެ އެވެ. ސަރުކާރުން ހުށަހަޅާ ކޮންމެއެއްޗަކަށް ވޯޓް ދޭށޭ ބުނެފައި ނެތް ކަމަށެވެ.
ޝާހިދު ވިދާޅުވީ ހުށަހަޅުއްވާފައި ވަނީ "ވަގު" ބަޖެޓެއް ކަމަށާއި އެބަޖެޓަށް ވޯޓް ނުދެއްވާނެ ކަމަށެވެ.
QA (75) gai bunanee Membarunge masakkathugai inthikhaabuvee dhaairaathah thamseelukurumugai mulhi qawmaa hurihaa raiyyithunge laabayaa manfaa ah riyaayaiy kuranvaane eve.Sarukaarun hushahalhaa komme echchakah vote dheysheykey noon! Hushahelhee VAGU budget eh! Vote eh nudheynan! https://t.co/cA8Qf2hdVf
— Abdulla Shahid (@abdulla_shahid) November 18, 2017