ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 09:33
ހަމަނުޖެހުންތަކުގައި މީހެއްގެ ސައިކަލު އަންދާލާފައި
ހަމަނުޖެހުންތަކުގައި މީހެއްގެ ސައިކަލު އަންދާލާފައި
ކޮލޮމްބޯ ޕޭޖް
ސްރީ ލަންކާ މުސްލިމުން
ސިންގަޅައިންނާއި މުސްލިމުންގެ ކުރިމަތިލުންތަކެއް!
މިއީ ދީނީ ހަމަނުޖެހުމެއް ނޫން، ދީނުގެ ނަމުގައި ހިންގާ ސިޔާސީ ކަމެއް: ލަންކާ ފުލުހުން

އަވަށްޓެރި ސްރީ ލަންކާގައި ސިންގަޅައިންނާއި މުސްލިމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ސްރީ ލަންކާގެ މުސްލިމުންގެ އާބާދީ ބޮޑު ދެކުނުގެ ގޯލްގެ ގިންތޯޓާ ސަރަހައްދުގައި ދެ ދީނުގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 19 މީހަކު ހައްޔަރުކޮށް، އެ ސަރަހައްދުގައި މިހާރު ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ދެ ދީނުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދުނީ ސިންގަޅައިންގެ މީހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި މުސްލިމް އަންހެނަކާއި އޭނަގެ އަންހެން ދަރިފުޅަށް އަނިޔާވުމާއި ގުޅިގެންނެވެ. މިހާދިސާއަށް ފަހު އެ ދެ ފަރާތުގެ މެދުގައި މައްސަލަ ހައްލުކޮށްފައިވަނިކޮށް، އެ މައްސަލައިގެ ސަބަބުންކަމަށް ބުނެ އޭގެ ފަހުގައި އަނެއްކާވެސް ބަޔަކު މީހުން ހަމަނުޖެހުން ހިންގިއެވެ. އަދި އެއަށްފަހު ދެބައި މީހުންގެ މެދުގައި ހަމަނުޖެހުން ހިންގައި، ގެދޮރަށް ގެއްލުންދޭ ހިސާބަށް ގޮސްފައިވާއިރު، އެ މައްސަލަ އިތުރަށް ހޫނުކުރުމަށް ދެ ނަސްލުގެ ހައްދުފަހަނައެޅި މީހުން ގެންދަނީ ސޯޝަލް މީޑިއާގައި މަސައްކަތްކުރަމުންނެވެ. އަދި ބައެއް މީހުންގެ މުދަލަށް ގެއްލުންދީ ރޯކޮށްލާފައިވެއެވެ. ދީނީ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ފަރާތްތައް ހޯދައި، އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކުގެ ޖާސޫސީ ގޮފިތަކަށް ސަރުކާރުން މިހާރު އަންގާފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު އެސްޕީ ރުވާން ގުނަސެކާރަ ވިދާޅުވިއެވެ. މިމައްސަލަ އިތުރަށް ގޮސްވެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ސަބަބުންނެވެ.

މަސްލަހަތު ގޯސްވެ، އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސަރުކާރުން ވަނީ ފުލުހުންގެ އިތުރުން އަސްކަރިއްޔާގެ ސިފައިންނާއި ކޮމާންޑޯއިން ފޮނުވާފައެވެ. ލަންކާ ފުލުހުން ބުނާ ގޮތުގައި މިއީ ދީނީ ހަމަނުޖެހުމެއް ނޫނެވެ. އަދި ދީނުގެ ނަމުގައި ހިންގާ މިހަމަނުޖެހުމަކީ ދީނުގެ ނަން ބޭނުންކޮށްގެން ހިންގާ ސިޔާސީ ހަރަކާތްތަކެއް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ލަންކާގެ ސަރުކާރުން ގެންދަނީ ލަންކާގެ ދެކުނުގެ ސަރަހައްދުތަކުގައި ތިބި ބުދު ދީނުގެ ފާދިރީންނާއި މުސްލިމުންގެ ދީނީ ލީޑަރުންނާއި ބައްދަލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް