ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިޔާތު ކުރިއަށް ގެންގޮސްފި އެވެ.
ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިނުވާއިރު، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވެސް ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ މަދު އަދަދެއްގެ ބޭފުޅުންނެވެ.
ޤައުމީ ދުވަހުގެ ރަސްމިޔާތު ބައިވެރިވަޑައިގެންނެވުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ދިދަ ނެގުމުގެ ރަސްމިޔަތު ކުރިއަށްގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެ ރަސްމިޔާތުތައް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ސަރުކާރުގެ އިސްވެރިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.