ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ހަތަރު ބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ކޮލަމާފުށި ބޭރުން، ރާއްޖޭގެ މަސްވެރިންނަށް ބޭރުގެ މަސް ބޯޓްތަކެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފާމުލަދޭރި ލޯންޗް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، ޖުމްލަ ހަތަރު ބޯޓެއް ފެނިފައިވާ ކަމަށާއި އެ ބޯޓުތައް ފެނިގެން ކަނޑުމަތިން ދިވެހި މަސްވެރިން އެ ބޯޓުތައް ހުއްޓުވި ކަމަށެވެ. އަދި ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިތުރަށް ބަލަމުންގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.