ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 15:00
ޑެނިކާ ޕެޓްރިކް - އެމެރިކާގެ އެންމެ ކާމިޔާބު އަންހެން ޑްރައިވަރު
ޑެނިކާ ޕެޓްރިކް - އެމެރިކާގެ އެންމެ ކާމިޔާބު އަންހެން ޑްރައިވަރު
ޓްވިޓަރ
މޮޓޯ ރޭސިން
ޑެނިކާ ޕެޓްރިކް ރިޓަޔާ ކުރަން ނިންމައިފި
މި ސީޒަނަށްފަހު އޭނާ ރިޓަޔާ ކުރާނެ

އެމެރިކާގެ އެންމެ ކާމިޔާބު އަންހެން ރޭސް ޑްރައިވަރު ޑެނިކާ ޕެޓްރިކް މި ސީޒަން ނިންމާލުމަށް ފަހު ރިޓަޔާ ކުރަން ނިންމައިފިއެވެ.

އުމުރުން 35 އަހަރުގެ ޑެނިކާ ޕެޓްރިކް ބުނީ މި ސީޒަނަކީ 'އިންޑިއާނާޕޮލިސް 500' އަދި 'ޑޭޓޯނާ 500' ގައި އޭނާ ވާދަކުރާނެ އެންމެ ފަހު ސީޒަން ކަމަށެވެ. އެގޮތުން މިއީ ރިޓަޔާ ކުރުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭ ކަމަށާއި އަންނަ މެއި މަހުން ފެށިގެން ރޭސް ޖެހުން ހުއްޓާލާނެ ކަމަށެވެ. ސީޒަން ފެށުމުގެ ކުރިން ސްޕޮންސަރެއް ހޯދަން ކުރިމަތިވި ދަތިތަކަކީ ވެސް ރިޓަޔާ ކުރަމަށް ނިންމި އެއް ސަބަބު ކަމަށް ޕެޓްރިކް ވަނީ ބުނެފައެވެ.

އެމެރިކާގެ ޓެނިސް ކުޅުންތެރިޔާ ސެރޭނާ ވިލިއަމްސް އާއި ރަޝިއާގެ ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އަދި އެމްއެމްއޭގެ ރޮންޑާ ރޯސީގެ ފަހަތުން 2016 ވަނަ އަހަރު އެންމެ ގިނަ އާމްދަނީ ހޯދާފައިވަނީ ޕެޓްރިކްއެވެ. އެގޮތުން އެކިއެކި ރޭސިން އިވެންޓްތަކުގައި ބައިވެރިވެގެން އޭނާ ވަނީ 2016 ވަނަ އަހަރު 14 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

އޭނާއަކީ 'އިންޑިއާނާޕޮލިސް 500' އާއި 'ޑޭޓޯނާ 500' ގައި ލެޕެއް ލީޑު ކުރި ހަމައެކަނި އަންހެން ޑްރައިވަރެވެ. އަދި 2013 ވަނަ އަހަރު 'ނަސްކާ' ރޭސިންގައި އޭނާ ވަނީ އެންމެ އަވަސް ލެޕު ޖެހި އަންހެން ޑްރައިވަރުގެ މަގާމު ވެސް ހޯދާފައެވެ. މިފަދަ އެތަކެއް ކާމިޔާބީތަކެއްގެ ސަބަބުން އޭނާ ބެލެވިފައިވަނީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އަންހެން ޑްރައިވަރުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް