ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނެރޭ 17 ވަނަ ގައުމީ ލަވަ އަލްބަމް "ބަހުރުވަ" އާދިއްތަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރުކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމްގައި ރާއްޖޭގައި ވާހަކަދައްކާއުޅޭ ބަހުރުވައެކުލެވޭ ލަވަތައް ހިމެނިފައިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މި އަލްބަމަށް ޅެން ހައްދަވާފައިވާ ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ޅެންވެރިންގެ ޅެންތައް ހިމެނިފައިވާނެއެވެ. އަދި އަލްބަމްގެ ބައެއް ލަވަތައް އަތޮޅުތަކުގެ މަޝްހޫރު ލަވަކިޔުންތެރިން ކިޔާދެއްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ޕެން ޑްރައިވްއެއްގައި ނެރުމަށް ހަމަޖެހިފައިވާ މި ވީޑިއޯ ލަވަ އަލްބަމްގައި ހިމެނޭ ހުރިހާ ރާގުތަކަކީ އަމިއްލަ ރާގުތަކެކެވެ. މި ރާގުތައް އުފައްދާފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަދި މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރު ކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.
އެމްއެންޑީއެފް އިން ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުން އަންނަ ގައުމީ ލަވަ އަލްބަމް ނެރެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.