ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 13:44
ބ. އަތޮޅު ކިހާވައް ހުރަވަޅި. މިރަށުގައި މިހާރު ހިންގަނީ މައިނަރ އިންޓަނޭޝަނަލްގެ އަނަންތާރަ ބްރޭންޑްގެ ރިޒޯޓެއް
ބ. އަތޮޅު ކިހާވައް ހުރަވަޅި. މިރަށުގައި މިހާރު ހިންގަނީ މައިނަރ އިންޓަނޭޝަނަލްގެ އަނަންތާރަ ބްރޭންޑްގެ ރިޒޯޓެއް
ގޫގްލް މެޕްސް
އެމްޓީޑީސީ
ކިހާވައް ހުރަވަޅި ވިއްކާލަނީ
މި ރަށް ސަބްލީޒް ކޮށްފައިވަނީ ތައިލެންޑްގެ މައިނަރ އިންޓަނޭޝަނަލްއަށް
ސަރުކާރުން 2006ވަނަ އަހަރު ރަށް ކުއްޔަަށް ދިނީ އެމްޓީޑީސީއަށް

އަނަންތާރަ ކިހާވައް ވިއްކާލުމަށް އެރަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީއިން އިއުލާން ކޮށްފިއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 25 އަހަރުގެ ދުވަހަށް ސަރުކާރުން އެރަށް ދޫކުރީ 17 ސެޕްޓެމްބަރު 2006ގައެވެ. ބ އަތޮޅު ކިހާވައް ހުރަވަޅީގައި ހަދާފައިވާ 172 އެނދުގެ މި ރިޒޯޓްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލުމަށް އެމްޓީޑީސީއިން އިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ބ އަތޮޅު ދަރަވަންދޫ އެއަރޕޯޓުން ފުރައިގެން 20 މިނެޓުން ދެވޭ މި ރިޒޯޓް މިހާރު ސަބް ލީޒްއަށް ކުއްޔަށް ދޫކޮށްފައިވަނީ ތައިލެންޑްގެ މައިނަރ އިންޓަރނޭޝަނަލް ގްރޫޕަށެވެ. މިރަށް ވިއްކާލުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، ބިޑް ޑޮކިއުމަންޓް ސެޓެއްގެ އަގަކީ 10،000 އެމެރިކާ ޑޮލަރެވެ. މި ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބިޑް ހުށަހަޅަން ޖެހެނީ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގެ ކުރިންނެވެ. އަދި ހަމަ އެދުވަހު ބިޑް ހުޅުވުންވެސް އޮންނާނެއެވެ.

- ކޮމެންޓް
18 ނޮވެންބަރ 2017 | ހޮނިހިރު 16:54
ޙަބީބު
Kobaa resort hisaa MTDC sarukaarun jahaaberah nagaanee keekuran