ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 08:49
ބާސްކެޓް މުބާރާތެއްގެ ތެރެއިން
ބާސްކެޓް މުބާރާތެއްގެ ތެރެއިން
ފޭސްބުކް
ގައުމީ ބާސްކެޓްބޯލް މުބާރާތް
ގައުމީ ބާސްކެޓްބޯލް މުބާރާތް: ސައިކްލޯން އާއި ޓީރެކްސް ޗެމްޕިއަންކަން ހޯދައިފި
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ސައިކްލޯން ބީސީ
ފިިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީރެކްސް ބީސީ

ގައުމީ ބާސްކެޓްބޯލް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ އިން ހޯދިއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ބީސީއިން ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބީސީއިން ހޯދާފައިވަނީ ފައިނަލް މެޗުގައި 60 ޕޮއިންޓް، 32 ޕޮއިންޓް އިން ޖިބިލީ ސްޕޯޓްސް ކްލަބް ބަލިކޮށް ގެންނެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެޑް ވިންގްސް ބީސީގެ ޖާޒީ ނަމްބަރު 13 ޖެލޭނާ ބުޑްމިއާއެވެ. އަދި މި ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ކްލަބުގެ ޖާޒީ ނަމްބަރު 8 ލަޔާން އަލީ ރަޝީދުއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީރެކްސް ބީސީއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 71 ޕޮއިންޓް 63 ޕޮއިންޓްއިން ކިންގްސް ބީސީ ބަލިކޮށްގެންނެވެ. މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސް ބީސީގެ ޖާޒީ ނަމްބަރު 13 ޑޫސާން އޮގްޔަނޮވިޗްއެވެ. އަދި މި ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދި ބައުސް ބީސީގެ ޖާޒީ ނަމްބަރު 6 އަހުމަދު މުއާވިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް