ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 04:14
ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން
ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް
ގައުމީ ޓީމު ކުޅުންތެރިންނަށް ދޭން ބުނި ބޯނަސް ފައިސާ އަދިވެސް ނުދޭ!
ބޯނަސް ދޭން ބުނިފަހުން ގައުމީ ޓީމު ވަނީ 8 މެޗު ކާމިޔާބުކޮށްފައި

ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ދޭން ބުނި ބޯނަސް ފައިސާ އަދިވެސް ނުދޭ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.

ފީފާގައި ރަޖިސްޓްރީކޮށްގެން ގައުމީ ސީނިއާ ޓީމު ކުޅޭ ކޮންމެ މެޗަކަށް 10،000 ރުފިޔާގެ ބޯނަސް ފައިސާ ދޭން އެފްއޭއެމް އިން އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިމެނިވަޑައިގަންނަވާ ނޯމަލައިޒޭޝަން ކޮމެޓީގެ ބެލުމުގެ ދަށުގައި އެ އިދާރާ އޮއްވާ، އެފްއޭއެމް އިން މިކަން އިއުލާން ކުރިފަހުން ގައުމީ ޓީމު ވަނީ ފީފާގައި ރަޖިސްޓްރީކޮށްގެން 23 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ރާއްޖެ ވަނީ 8 މެޗު ކާމިޔާބު ކޮށްފައެވެ.

އެގޮތުން ރާއްޖެއިން ކާމިޔާބު ކުރި މެޗުތަކުގައި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ދޭން ބުނި ފައިސާ އަދިވެސް އެއްކޮށް ނުދޭ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެ، ކުޅުންތެރިންނަށް ދޭންޖެހޭ ބޯނަސް ފައިސާގެ ކޮންމެވެސް މިންވަރެއް ދެއްވާފައިވާކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގައުމީ ޓީމު ކުޅުންތެރިންނަށް ދޭން ބުނި ބޯނަސް ފައިސާ ނުދީ ދިގުލައިގެން ދާތީ އެ ކުޅުންތެރިން އެކަމާ ހިތްހަމަނުޖެހިގެން އުޅޭ އަޑުތައް ފެތުރެމުންދާއިރު، އެފްއޭއެމް އިން އަދި މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

ފަހަކަށް އައިސް ގައުމީ ޓީމު ބޮޑު ތަފާތުތަކުން ބަލިވަމުން އަންނައިރު، އެފްއޭއެމްއަށް އަދި ކުޅުންތެރިންނަށް ދަނީ ގިނަ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ނޮވެންބަރ 2017 | ހުކުރު 08:40
ފައެރޫ
ޓީމައް ފާޑު ކިއިދާނެ ކިއަންވެސްވާނެ އެކަމަކު ގޯކީޕަރު މަސަލާގާ ވަކިމީ ހަކުނުނެ ގުމުން ފާޑުކިޔާ ގޮތްވެ ޒާތީވީމަ އެއީފާޑު ކލއުމެއް ނޫނން