އިނގިރޭސި ޚާރިޖިއްޔާގެ އޭޝިއާ ސަރަހައްދާއި ބެހޭ ސްޓޭޓް މިނިސްޓަރ މާކް ފީލްޑްއި ކުރީގެ ރައީސް މުހައްމަދު ނަޝިދު ބައްދަލު ކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުންނާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ.
އަންނަ އަހަރުގެ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ވާހަކަ ދައްކަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަށް މަގުފަހި ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ދަނީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލަމުންނެވެ.
Briefed @foreignoffice Minister @MarkFieldUK on #Maldives’ political situation and need for inclusive, free and fair elections in 2018. pic.twitter.com/YISkuzmJNC
— Mohamed Nasheed (@MohamedNasheed) November 15, 2017
ރައީސް ނަޝީދު އިއްޔެ އިނގިރޭސި ޚާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރ މާކް ފީލްޑްއާއި ބައްދަލުކުރެއްވިއިރު، އެމަނިކުފާނު ގެންދަވަނީ އެޤައުމުގައި ހުންނަވައިގެންނާއި އަދި އެހެން ޤައުމުތަކަށް ޒިޔާރަތްކުރައްވައި، އެކިއެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި މިބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.