ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 00:00
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން
ވީއޯއޭ ނިއުސް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންގެ މައްސަލާގައި މިނިވަން ތަހުގީގެއް ކުރަން ޖެހޭ: ރެކްސް ޓިލާސަން
ޓިލާސަން މިހެން ވިދާޅުވީ މިޔަންމާއަށް ވަޑައިގެން އެގައުމުގެ ލީޑާރުންނާ ބައްދަލު ކުރެއްވުމަށްފަހު

މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި މިނިވަން ތަހުގީގެއް ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ގޮވާލައްވަފިއެވެ.

ޓިލާސަން މިހެން ވިދާޅުވީ މިޔަންމާގެ ލީޑަރު އަން ސަން ސޫ ކީ އާއި އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އާ ބައްދަލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ޓިލާސަން ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލަ އަކީ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށާއި އެހެން ނަމަވެސް "މިޔަންމާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ."

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަންމާ ގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަމުންނެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން މިޔަންމާގެ ލީޑަރު އަން ސަން ސޫ ކީ އަށް ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ބައިނަލްއަގްވާމީ ދުނިޔެއިން ބުނަމުން ދަނީ އަސްކަރިއްޔާގެ އަމަލުތައް ހުއްޓާލުމަށް މިޔަންމާގެ ލީޑަރު މަސައްކަތް ނުކުރައްވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އާއި މިޔަންމާގެ ލީޑަރު އަން ސަން ސޫ ކީ ބުދަ ދުވަހު ދެއްވި ޕްރެސްކޮންފަރެންސް ގައި، ސޫކީ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި " އެކަމަނާ ހަނު ނުހަންނަވާ ކަމަށެވެ."

މިޔަންމާގެ އަސްކަރިއްޔާ އިން މިދިޔަ އޯގަސްޓް މަހުން ފެށިގެން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ފެށި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝް އަށް ވަނީ 600،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ހިޖުރަ ކޮށްފައެވެ. މިޔަންމާގެ އަސްކަރިއްޔާ އާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް އަސްކަރިއްޔާ އިން ދޮގު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް