"ރާއްޖެޓީވީ ނައިޓް 2017"ގެ ބައެއް ސުޕޮންސަރުންނާއި ބައެއް ފަންނާނުންނާއެކު މިރޭ ސޮއިކޮށްފި އެވެ.
"ރާއްޖެޓީވީ ނައިޓް" ގައި އޮންނަ މިއުޒިކް ޝޯގައި މިފަހަރުވެސް މަޝްހޫރު ބައެއް ފަންނާނުން ބައިވެރިވާނެ އެވެ. އޭގެ ތެރެއިން މިރޭ ބޭއްވި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައެއް ފަންނާނުންނެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު ސޮއި ކޮށްފައިވަނީ މަޝްހޫރު ނެށުންތެރިޔާ ޖާދުއްﷲ އާއި ސުނީތާ އަލީ އެވެ. މި ފަންނާނުންނާއެކު ރާއްޖެޓީވީން ވެފައިވާ އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެޓީވީގެ އެގްޒެގެޓިވް ޑިރެކްޓަރ ނާޒްމީ ސައީދެވެ. ރާއްޖެޓީވީން ބުނީ އިތުރު ފަންނާނުންނާއެކުވެސް ކުރިއަށް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއި ކުރަމުންދާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ލަވަކިއުންތެރިންކަމަށްވާ އަބްދުﷲ ފާލިހް އާއި ހައްވާ އަޝްރާ ވެސް މި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު ސޮއިކޮށްފައިވެ އެވެ. ރާއްޖެޓީވީގެ ފަރާތުން މި ދެ ފަންނާނުންނާއެކު ސޮއި ކުރީ ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓިވް އެފެއާޒް އައިމިނަތު ރީޝާ އެވެ.
"ރާއްޖެޓީވީ ނައިޓް"ގެ ކޭޓްރިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވުޑް ބެރީ ކޭޓަރިންގއެވެ. މި އެއްބަސްވުމުގައި ވުޑް ބެރީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރ އަހްމަދު ލަތީފެވެ. އަދި ޕްރިންޓިން ޕާޓްނަރަކަށް ހަމަ ޖައްސާފައިވަނީ އެމް ސެވެން އެވެ. އެއްބަސްވުމުގައި އެމްސެވެންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އިބްރާހިމް ރަޝީދެވެ. ސްޕޮންސަރުންނާއެކު ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާއެވެ.
ރާއްޖެޓީވީން ބުނީ "ރާއްޖެޓީވީ ނައިޓް" ގައި މި ފަހަރު އިންޑިޔާގެ މަޝްހޫރު ފަންނާނެއްގެ އިތުރުން ލަންކާގެ ޖާދޫ ގަރެއް ވެސް ބައިވެރިވާނެ ކަމަށެވެ.
ރާއްޖެޓީވީ ނައިޓްގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށް ރާއްޖެޓީވީގެ މެނޭޖުމަންޓުން މައުލޫމާތުދެ އެވެ.