ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް މާފަންނު ކުނޫޒުގައި ބާއްވަން ނިންމައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މިޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ނިންމާފައެވެ.
މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް ތާއީދުކުރާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ބަހުސްކުރުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބާއްވަން ވެސް ވަނީ ނިންމާފައެވެ. އިދިކޮޅު މެމްބަރުން ކުނޫޒުގައި ބަޖެޓަށް ބަހުސްކުރަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ގަޑީގައެވެ. ކުނޫޒުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ބަހުސްކުރާއިރު، ކޮންމެ މެމްބަރަކު 15 މިނެޓް ވާހަކަ ދައްކަވާނެވެ.