ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 21:06
ދަޅަކްގެ ފުރަތަމަ ފެނިލުން
ދަޅަކްގެ ފުރަތަމަ ފެނިލުން
ގޫގުލް
ދަޅަކް
ސްރީދޭވީގެ ދަރިފުޅާއި، ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް، ދަޅަކްގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ދަޅަކް އަކީ މަރާތީ ފިލްމެއްގެ ރީމޭކް

ބޮލީވުޑްގެ މަޤުބޫލު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްގެ އައު ފިލްމު، "ދަޅަކް" ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

މި ފިލްމުގެ ފުރަތަމަ ފެނިލުން މެދުވެރިކޮށް، މި ފިލްމުން ބޮލީވުޑަށް ތަޢާރުފުކުރާ އައު ދެ އެކްޓަރުން ކަމުގައިވާ ޖާންވީ ކަޕޫރާއި، އިޝާން ޚައްތާރް ވެސް ވަނީ ތަޢާރުފު ކޮށްފައެވެ.

ދަޅަކްގެ ފުރަތަމަ ފެނިލުން ހާމަކޮށްފައިވަނީ، ކަރަން ޖޯހަރް އޭނާގެ ޓްވިޓަރ ޕޯސްޓެއްގައެވެ.

ލޯބީގެ މަންޒަރެއް ދައްކައިދޭ ފުރަތަމަ ޕޯސްޓަރަށް ފަހު، ކަރަން ވަނީ މި ފިލްމުގެ އިތުރު ޕޯސްޓަރުތަކެއް ވެސް ޓްވިޓަރގައި އާންމުކޮށްފައެވެ.

ބޮލީވުޑަށް އަލަށް ތަޢާރުފުވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ބަޠަލާ ސްރިދޭވީގެ ދަރިފުޅެވެ. އަދި ދަޅަކްގެ ފިރިހެން ލީޑްގެ ގޮތުގައި ބޮލީވުޑަށް ތަޢާރުފުވާ އިޝާން ޚައްތާރް އަކީ ބޮޅިވުޑްގެ އެކްޓަރ ރާޖޭޝް ޚައްތާރާއި ޓީވީ އެކްޓްރެސް ނީލިމާ އަޒީމްގެ ދަރިފުޅެވެ. އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝާހިދު ކަޕޫރަކީ އިޝާންގެ އެއްބަނޑު ބޭބެއެވެ.

ދަޅަކް އަކީ 2016 ވަނަ އަހަރު ނެރުނު މަރާތީ ފިލްމު، ސައިރާތުގެ ރީމޭކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް