ވޯލްޑްކަޕް ޕްލޭއޮފްގައި ކްރިސްޓިއަން އެރިކްސަންގެ ހެޓްރިކާއެކު ރިޕަބްލިކް އޮފް އަޔަލޭންޑް ބަލިކޮށް، ޑެންމާކް ވޯލްޑްކަޕުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ރިޕަބްލިކް އޮފް އަޔަލޭންޑާ ވާދަކޮށް ޑެންމާކުން މެޗު ކާމިޔާބުކުރީ 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ރިޕަބްލިކް އޮފް އަޔަލޭންޑް ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން މެޗު ފެށިގެން ހަވަނަ މިނެޓުގައި ޑަފީގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
1 - Republic of Ireland scored with their first shot of the game versus Denmark. Intent. pic.twitter.com/GoiytHURMI
— OptaJoe (@OptaJoe) November 14, 2017
އެހެން ނަމަވެސް ޑެންމާކުން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދާ ފުލުފުލުގައި ރިޕަބްލިކް އޮފް އަޔަލޭންޑްގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. ޑެންމާކުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 31 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ރިޕަބްލިކް އޮފް އަޔަލޭންޑްގެ ކްރިސްޓިއަން ކްރިސްޓީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ލަނޑަށްފަހު ވެސް ޑެންމާކުން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރިތާ މިނެޓެއް ފަހުން އެރިކްސަން ވަނީ ޑެންމާކަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ރިޕަބްލިކް އޮފް އަޔަލޭންޑްގެ މައްޗަށް ޑެންމާކް ކުރީގައި އޮވެގެންނެވެ.
QUALIFIED!
— #WCQ (@FIFAWorldCup) November 14, 2017
Congratulations, Denmark!
They're heading back to the #WorldCup for the first time since 2010! #WCQ pic.twitter.com/IAQsgLCWMe
ދެވަނަ ހާފް ފެށިގެން ޑެންމާކުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ ރިޕަބްލިކް އޮފް އަޔަލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ.
ޑެންމާކުން ލީޑު ފުޅާ ކުރީ 63 ވަނަ މިނެޓުގައި އެރިކްސަން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޑެންމާކްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އެރިކްސަން ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ކޮލިފައިންގައި އެރިކްސަން ވަނީ ޖުމްލަ 11 ލަނޑު ޖަހާފައެވެ. ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހީ ރޮބާޓް ލެވެންޑޯސްކީ އެވެ. އޭނާ ވަނީ 16 ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ 15 ލަނޑު ޖަހާފައެވެ. ތިންވަނަ އަށް އެންމެ ގިނަ ލަނޑު ޖެހީ އެރިކްސަންގެ އިތުރުން ރޮމެލޫ ލުކާކޫ އެވެ.
10 – Christian Eriksen has scored more goals in European 2018 World Cup qualifiers (inc. play-offs) than any other midfielder (10). Force. pic.twitter.com/mvYziNoEpO
— OptaJoe (@OptaJoe) November 14, 2017
މެޗުގެ އިތުރުވަގުތުގައި ޑެންމާކްގެ ފަސްވަނަ ލަނޑު ލިބުނު ޕެނެލްޓީއަކުން ކާމިޔާބު ކޮށްދިނީ ނިކޮލަސް ބެންޓްނާއެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ފަހު ބަރާބަރަށް ވޯލްޑްކަޕުން ޖާގަ ހޯދަމުން އަންނަ ޑެންމާކް 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕަށް ކޮލިފައިވެފައެއް ނުވެއެވެ. ވޯލްޑްކަޕްގައި ބްރެޒިލް އެންމެ ދުރަށް ދިޔައީ 1998 ވަނަ އަހަރެވެ. އެފަހަރު އެޓީމު ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ.