އަންގާރަ ދުވަހު ހަވީރު ހިނގި މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އަންގާރަ ދުވަހު ހިނގި މާރާމާރީއާ ގުޅިގެން މ. ސީނުއަސުރުމާގޭގައި ހަރަކާތްތެރިވެ، ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިއްޔެ ފަރީދީ މަގުގައި ހަވީރު 5:50 އެހާއިރު ހިނގި މިމާރާމާރީގައި 2 މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްއަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ. އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައި ވެއެވެ.
ރާއްޖެއެމްވީ އަށް އަންގާރަ ދުވަހުގެރޭ ލިބިފައިވާ ވީޑިއޯއެއްގައި ފެންނަގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ ހައެއް މީހެކެވެ.
މިފަހަކަށް އައިސް މާލޭގައި މާރާމާރީތައް ވަނީ ގިނަވެފަ އެވެ.