އއ. ރަސްދޫ ޑައިވިންގ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އއ. ރަސްދޫ ޑައިވިން ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެފައި ވަނީ ރޭ ދަންވަރު 02:50 ހާއިރު ކަމަށެެވެ. މި ހާދިސާގައި އަލިފާން ނިއްވާލެވިފައި ވަނީ ދަންވަރު 03:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"ރަސްދޫ ސްކޫބާ"ގެ ނަމުން ހިންގާ މި ޑައިވިން ސްކޫލަކީ 50 ފޫޓުގެ ބޮޑު ޖާގައެއްގައި އެއްބައި ރާނައި، އަނެއް ބައި ފިލައިން ހަދާފައިވާ އިމާރާތެކެވެ. މުޅި ތަން އެއްކޮށް އަނދާ ހުލިވެފައިވާ އިރު އެތަނުގައި އޮކްސިޖަން ސިލިންޑަރުތައް ފަދަ ތަކެތި ހުރި ކަމަށް އެމްއެންޑީއެފް އިން ބުންޏެއެވެ.