ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 18:13
އިރާނުގެ ރައީސް ހަސަން ރޫހާނީ
އިރާނުގެ ރައީސް ހަސަން ރޫހާނީ
ގޫގުލް
އިރާން -އިރާގަށް އައި ބިންހެލު
އިރާނަށް އައި ބިންހެލުމުގައި އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ އިމާރާތްތައް ވެއްޓިފައެއް ނެތް: އިރާނުގެ ރައީސް ހަސަން ރޫހާނީ 
އާދިއްތަ ދުވަހު އިރާނަށް އައި ބިންހެލުމާ ގުޅިގެން 400 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ
ރޫހާނީ ވިދާޅުވީ ބިންހެލުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ އިމާރާތްތައް ނުވެއްޓޭ ކަމަށް

އާދިއްތަ ދުވަހު އިރާނަށް އައި 7.3 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން އަމިއްލަ ފަރަތްތަކުން އިމާރާތް ކޮށްފައިވާ އިމާރާތްތައް ނުވެއްޓޭ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އިރާނަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ޒިޔާރަތް ކުރައްވަމުން، ބިންހެލުުމުގެ އަސަރު އެންމެ ބޮޑަށް ކުރި "ސާޕޮލް-އީ ޒަހަބް" ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ ބިންހެލުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ އިމާރާތްތައް ނުވެއްޓޭ ކަމަށާ އެހެންނަަމަވެސް ސަރުކާރުން އިމާރާތްކޮށްފައިވާ އިމާރާތްތައް ވެއްޓިފައިވާ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވާލައްވަން އަންގާރަ ދުވަހު ރޫހާނީ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ގެދޮރުގެއްލުނު ފަރާތްތަކަށް އިރާނުގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގަޔާއި އަދި ލޯނުގެ ގޮތުގައި ފައިސާދޭނެ ކަމަށާއި، އިމާރާތް ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ނުހިފެހެއްޓުމުގެ ސަބަބުން ވެއްޓުނު އިމާރާތްތައް، ކުރިން އިމާރާތް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް 7.3 މެގްނިޓިއުޑްގައި އައި ބިންހެލުމުގައި އިރާނުން 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 8000 އާ ގާތްކުރާ އަދަދަށް މީހުން ޒަޚަމްވެފައިވެއެވެ.

އިރާގުގެ އިމަރޖެންސީ ސަރވިސަސްގެ ވެރިޔާ ޕިރް ހުސެއިން ކޫލިވަންދްއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ ޓީވީ އައިއާރުއައިއެންއެން އިން ބުނެފައި ވަނީ އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އީރާނުގެ ސަރަހައްދީ ރޮނގުން ފެށިގެން 15 ވަރަކަށް ކިލޯމީޓަރު ދުރު މިނުގައި އޮންނަ ސަރްޕޯލީ ޒަހަބުން ކަމަށެވެ. ބިންހެލުމުގެ އަސަރު ތުރުކީ، އިސްރާއީލް، އަދި ކުވެއިތާ ހަމައަށް ފޯރާފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިރާނަށް އައި ބިންހެލުމާ ގުޅިގެން މީހުން ދިރިއުޅޭ 12000 އިމާރާތެއް "އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ."

 

 

I

 

- ކޮމެންޓް