މާލޭގައި މާރާމާރީއެއް ހިންގައި، 2 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހަވީރު 5:50އެހާއިރު ފަރީދީ މަގުގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، އަދި 2 މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަަމަށެވެ.
މިމާރާމާރީ ހިންގާފައިވަނީ ތޫނު އެއްޗެހި ބޭނުން ކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބުނު ކަމަށް ބުނުން ފިޔަވައި މިމާރާމާރީއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.