ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 23:51
މަަޑަގަސްކަރައިގެ ސްކޫލެއްގައި އޮފިޝަލުން ހަރަކާތްތެރި ވަނީ
މަަޑަގަސްކަރައިގެ ސްކޫލެއްގައި އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
މަޑަގަސްކަރަ
މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަމުގައި މިހާތަނައް 165 މީހުން މަރުވެއްޖެ
މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަން އެފްރިކާ ބައްރުން ބޭރަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ސައިންސްވެރިން ބުނޭ

މަޑަގަސްކަރައިގައި ވޭތުވެދިޔަ 50 އަހަރުތެރޭގައި ފެތުރިފައިވާ އެންމެ ބޮޑު ބަލިމަޑު ކަމަށް ހުއްޓުމެއް ނާންނަ ކަމަށާއި މިހާތަނަށް ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު 165 މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެހިޖެހިގެން ތިން ދުވަހަށް ބަލާލިއަސް މަރުވާ މީހުންގެ އަދަދު އަންނަނީ ފަނަރަ އިން ސައްތަ އިތުރުވަމުންނެވެ. ސައިންޓިސްޓުން ބުނާގޮތުން މަޑަގަސްކަރައިގެ ހާލަތު މިހާރު ވަނީ "ކާރިސާ" އަކަށް ބަދަލުވެފައެވެ. ދިހަ ގައުމެއް މިހާރު ވަނީ މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން "ހައި އެލާޓް" އަށް ލާފައެވެ. އޭގެތެރޭގައި ސައުތް އެފްރިކާ، ސީޝެލްސް އަދި މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު މަޑަގަސްކަރައިގެ ފެތުރިފައިވާ ބަލިމަޑުކަމުގެ ޝިކާރައަކަށް ވަނީ 2،034 މީހުންވެފައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ފެތުރިފައިވާ ބަލިމަޑުކަން އިތުރު އެހެން ހަރުފަތަކަށް ބަދަލުވެ ފަރުވާދިނުމުން ވެސް ރަނގަޅު ނުވުން އެކަށީގެންވެއެވެ. އަދި މިއަންނަ އޭޕްރީލް އާ ހަމައަށް ބަލިމަޑުކަން މިހާރު ފެތުރެމުން ދިޔުން އެކަށީގެންވެއެވެ.

ސައިންސްވެރިން ބުނާގޮތުން މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަން އެމެރިކާ، ޔޫރަޕް އަދި އިނގިރޭސި ވިލާތަށް ފެތުރުންވެސް އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް