ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 19:18
ބިންހެލުމާ ގުޅިގެން އިރާގުން ހަލާކުވެފައިވާ އިމާރާތެއް
ބިންހެލުމާ ގުޅިގެން އިރާގުން ހަލާކުވެފައިވާ އިމާރާތެއް
ގޫގުލް
އިރާން-އިރާގު ބިންހެލުން
އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 355 އަށް އަރައިފި
ބިންހެލުން އައީ އީރާނު ގަނޑިން އާދީއްތަ ދުވަހުގެ ރޭ ރޭގަނޑު 9:20 ހާއިރު

އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް 7.3 މެގްނިޓިއުޑްގައި އައި ބިންހެލުމުގައި އިރާނުން މިހާތަނަށް މަރުވި މީހުންގެ އަދަދު 355 އަށް އަރައިފިއެވެ.

ބިންހެލުމުގެ ސަބަބުން އިރާނުން 348 މީހުން މަރުވެ 5،953 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އިރާގުން ހަތް މީހުން މަރުވެފައިވާ އިރު 535 މީހުން ވަނީ ޒަޚަމްވެފައެވެ. 

އީރާނު ގަނޑިން އާދީއްތަ ދުވަހުގެ ރޭ ރޭގަނޑު 9:20 ހާއިރު އައި މި މި ބިންހެލުމުގައި މަރުވި މީހުންނާއި އަދި ޒަޚަމްވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އޮފިޝަލުން ބުނާގޮތުން މަރުވި މީހުންނާއި އަދި ޒަޚަމްވި މީހުންގެ އަދަދު އިތުރު ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި އުޅޭ އޮފިޝަލުންނަށް ދަތުރުކުރަން އުނދަގޫވުމުގެ ސަބަބުން ނޭދެވޭ ހިސާބުތައް ހުރީމައެވެ.

އިރާނުގެ ރެޑް ކޮރެސެންޓް އިން ބުނާގޮތުން 70،000 މީހުންނަށް ވަނީ ވަގުތީ ހިޔާތަކުން ޖާގަ ބޭނުންވެފައެވެ.

އިރާގުގެ އިމަރޖެންސީ ސަރވިސަސްގެ ވެރިޔާ ޕިރް ހުސެއިން ކޫލިވަންދްއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ ޓީވީ އައިއާރުއައިއެންއެން އިން ބުނެފައި ވަނީ އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އީރާނުގެ ސަރަހައްދީ ރޮނގުން ފެށިގެން 15 ވަރަކަށް ކިލޯމީޓަރު ދުރު މިނުގައި އޮންނަ ސަރްޕޯލީ ޒަހަބުން ކަމަށެވެ. ބިންހެލުމުގެ އަސަރު ތުރުކީ، އިސްރާއީލް، އަދި ކުވެއިތާ ހަމައަށް ފޯރާފައި ވެއެވެ.

ބިންހެލުމާ ގުޅިގެން އިރާނުގެ ރައީސް އާޔަތުﷲ އަލީ ހާމަނާއީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން ހާލުގައި ޖެހިފައިތިބި އެންމެންނަަށް އެހީވުމަށް އަންގަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް