ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 18:22
އެމެރިކާ ނޭވީގެ އުޅނދުތަކެއް ހުޅަނގު ޕެސިފިކް އޯޝަނުން ދަތުރު ކުރަނީ
އެމެރިކާ ނޭވީގެ އުޅނދުތަކެއް ހުޅަނގު ޕެސިފިކް އޯޝަނުން ދަތުރު ކުރަނީ
ރޮއިޓަރސް
އެމެރިކާ-ދެކުނު ކޮރެއާ
އެމެރިކާގެ މަަނަވަރުތައް ދެކޮރެއާ ސަރަހައްދަށް އަސްކަރީ ތަމްރީންތަކެއްގައި ގޮސްފި
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ދެކޮރެއާ ސަރަހައްދުގައި ތަމްރީންތައް ކުރިއަށް ގެންދާނީ ދެކުނު ކޮރެއާ އަސްކަރިއްޔާ އާ އެކު

ދެކޮރެއާ ސަރަހައްދުގައި ދެކުނު ކޮރެއާ އާއި ގުޅިގެން އަސްކަރީ ތަމްރީންތައް ބާއްވަން އެމެރިކާގެ ނޭވީގެ މަތިންދާ ބޯޓު އުފުލާ ތިން މަނަވަރު އެ ސަަރަހައްދަށް އެމެރިކާ އިން ފޮނުވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަސްކަރީ ތަމްރީންތައް ބާއްވަނީ އުތުރު ކޮރެއާ އަށް އެދެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށެވެ. ބައިނަލްއަޤުވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާއަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާއިން ބައިނަލްއަޤުވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އަދި އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އެގައުމު އަދި ނުގުޑައެވެ.

މިއީ 2007 ގެ ފަހުން އެމެރިކާގެ ނޭވީގެ މަތިންދާ ބޯޓު އުފުލާ ތިން މަނަވަރު އެކީގައި ތަމްރީން ބާއްވާ ފުރަތަަމަ ފަހަރެވެ. ތަމްރީންތަކުގައި ބައިވެރިވާ މަތިންދާ ބޯޓު އުފުލާ ތިން މަނަވަރަކީ "ދަ ޔޫއެސްއެސް ރޮނަލްޑް ރޭގަން"، "ޔޫއެސްއެސް ނިމިޓްޒް" އަދި ޔޫއެސްއެސް ތިއޮޑޯ ރޫސްވެލްޓް" އެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާ ނޭވީގެ އުޅަނދުތައް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އާއިއެކު ތަފާތު އެކި ގިނަ ޓްރެއިނިން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ޓްރެއިނިންތައް އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

މިހާރު ދެކޮރެއާ ސަރަހައްދުގައި އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކާ ބެހޭގޮތުން ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ މި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އުތުރު ކޮރެއާ އިން އެއްވެސް ހަަމަލާއެއް ދީފިނަމަ ނުވަތަ ދޭން އުޅެފިނަމަ އެކަން ހުއްޓުވުމަށް ތައްޔާރުވެވޭނެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް