ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 15:34
ސްވިޒަލޭންޑް އަދި ނޮދަން އަޔަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ސްވިޒަލޭންޑް އަދި ނޮދަން އަޔަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޓުވިޓާ / ސްވިޒަލޭންޑް
ވޯލްޑްކަޕް 2018
ވޯލްޑްކަޕް 2018: ސްވިޒަލޭންޑް އަދި ކްރޯޝިއާ ކޮލިފައިވެއްޖެ
ނޮދަ އަޔަލޭންޑްގެ މައްޗަށް ސްވިޒަލޭންޑް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

 

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ޕްލޭއޮފް މެޗު އެގްރިގޭޓް ނަތީޖާއިން ކާމިޔާބުކޮށް، ސްވިޒަލޭންޑް އަދި ކްރޯޝިއާ މުބާރާތުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ސްވިޒަލޭންޑް އަދި ނޮދަން އަޔަލޭންޑް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް މި ދެޓީމު ނޮދަން އަޔަލޭންޑް ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގު 0-1 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން 0-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޒަލޭންޑް ވަނީ މުބާރާތަށް ކޮލިފައިވެފައެވެ.   

އާދިއްތަ ދުވަހުގެ ރޭ ސްވިޒަލޭންޑް އަދި ނޮދަން އަޔަލޭންޑް ބައްދަލުކުރި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްވިޒަލޭންޑް އިންނެވެ. އެގޮތުން އެޓީމުން ވަނީ ނޮދަން އަޔަލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ސްވިޒަލޭންޑްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ނޮދަން އަޔަލޭންޑް އިން ވަނީ އެޓީމުގެ ކުޅުން ދެވަނަ ހާފްގައި ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަނޑު ޖަހަން އެޓީމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އާދީއްތަ ދުވަހުގެ ރޭ ގްރީސް އަދި ކްރޯޝިއާ ބައްދަލުކުރި މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ގްރީސް ދަނޑުގައި ކުޅުނު މި މެޗަށް ކްރޯޝިއާ ނިކުތްއިރު، ކްރޯޝިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-4 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.

މި މެޗު ފެށިގެން ދެޓީމުން ވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައިރު، ލަނޑު ޖަހަން ވެސް ފުރަތަމަ ހާފްގައި ދެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ގްރީސްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތެއް އެޓީމަށް ލިބިގެންގޮސްފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ސްވިޒަލޭންޑް އަދި ކްރޯޝިއާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު، ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކުރުމަށް ހޯމަ ދުވަހުގެ ރޭ އިޓަލީ ނިކުންނާނީ ޕްލޭ އޮފްގައި ސްވިޑެންއާ ދެކޮޅަށެވެ. އަދި އަމިއްލަ ދަނޑުގައި އަޔަލޭންޑް ނިކުންނާނީ ޑެންމާކްއާ ދެކޮޅަށެވެ.

- ކޮމެންޓް