ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 12:17
ކްރިސްޓިއާނޯ ރޮނާޑޯ އޭނާގެ އާއިލާއާ އެކު
ކްރިސްޓިއާނޯ ރޮނާޑޯ އޭނާގެ އާއިލާއާ އެކު
ޓުވިޓާ / ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާޑޯ
ކްރިސްޓިއާނޯ ރޮނާޑޯއަށް 4 ވަނަ ދަރިއަކު ލިބިއްޖެ!
މިއީ ރޮނާޑޯގެ 4 ވަނަ ދަރިފުޅު

ކްރިސްޓިއާނޯ ރޮނާޑޯއަށް ހަތަރު ވަނަ ދަރިއަކު ލިބިއްޖެއެވެ.

ދުނިޔޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާޑޯ ވަނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއަށް އަންހެން ދަރިއަކު ލިނުބުކަން އިންސްޓަގްރަމްގައި ހާމަކޮށްފައެވެ. އަދި ދަރިފުޅަށް ކީ އަލާނާ މާޓީނާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ އަށް މީގެ ކުރިން ތިން ކުދިން ލިބިފައިވީ ނަމަވެސް މިއީ އެ ދެ މީހުންނަށް ލިބުނު ފުރަތަމަ ދަރިއެވެ. މެޑްރިޑްގައި ހުންނަ ރޮނާޑޯގެ ގެއާ މާދުރު ނޫން ހޮސްޕިޓަލެއްގައި ޖޯޖީނާ ވިހެއީ، ލަފާކުރި ދުވަހަށް ވުރެ ނުވަ ދުވަސްކުރިންނެވެ.

"ބައްޕައަކަށް ވުމަކީ ވަރަށް ތަފާތު ދަތުރެއް. މުޅިން އަހަރެން ބަދަލުކޮށްލި ކަމެއް. މީގެ ކުރިން އަހަރެން ނުދަންނަ ލޯތްބެއް. ތަފާތު އިހުސާސެއް. ދިރިއުޅުމުގެ ތަފާތު ތަޖުރިބާއެއް އެއީ. ބައްޕައަކަށްވެ ދަރިން ބޮޑެތިވާތަން ދުށުމަކީ އެންމެ ބޮޑު އުފާ،" ރޮނާޑޯ ބުންޏެވެ.

ރޮނާޑޯ ބުނި ގޮތުގައި އެކުދިންނާ އެކު ވަގުތު ހޭދަކޮށް މަޖާކޮށްލާ ހެދުމަކީ ވަރަށް ބޮޑު އުފަލެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް