ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 02:40
ބިންހެލުން އައިސްފައިވަނީ އިރާގުގެ ހުޅަނގު ދެކުނުގެ ޓައުނެއްކަމަށްވާ ހަލަބްޖާއަށް
ބިންހެލުން އައިސްފައިވަނީ އިރާގުގެ ހުޅަނގު ދެކުނުގެ ޓައުނެއްކަމަށްވާ ހަލަބްޖާއަށް
ބީބީސީ
އިރާގަށް ބިންހެލުމެއް އައުން
​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ
މަރުވި މީހުންގެ ސީދާ އަދަދު އެނގިފައެއް ނުވޭ
އީރާނުން ހަ މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވޭ

އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް 7.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނީ ހަވީރުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައިވަނީ އިރާގުގެ ހުޅަނގު ދެކުނުގެ ޓައުނެއްކަމަށްވާ ހަލަބްޖާއަށް، ބިމުގެ 33.9 ކިލޯމިޓަރު އަޑިއަށެވެ.

މި ބިންހެލުމުގެ އަސަރު ވެރިރަށް ބަޣްދާދާއި އީރާނުގެ އެތައް ޕްރޮވިންސްތަކަކަށްވެސް ކޮށްފައިވެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި މި ބިންހެލުމާ ގުޅިގެން އެ ގައުމުގެ ޓައުނެއްކަމަށްވާ ޤަސްރީ ޝީރިންއިން މަދުވެގެން ހަ މީހުން ވަނީ މަރުވެފައެވެ.

އިރާނުގެ ޚަބަރުފަތުރާ ޗެނަލެއްކަމަށްވާ އައިއާރްއައިއެންއެން އިން ބުނި ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތައްވަނީ އެގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް ފޮނުވާލާފައެވެ.

"މަދުވެގެން އަށް އަވަށަކުން ވަނީ ގެއްލުން ލިބުނުކަމަށް ރިޕޯޓްކޮށްފައި" އިރާނުގެ ރެޑްކްރެސެންޓް ޖަމާއަތުގެ ވެރިޔާ މުރްތަޒާ ސާލިމް އެ ޗެނަލުގައި ބުނެފައިވެއެވެ.

"ބައެއް އެހެން އަވަށްތަކަށްވަނީ ކަރަންޓު ކެނޑުމުގެ އިތުރުން މުއާސަލާތީ ނިޒާމަށްވެސް ބުރޫ އަރާފަ،"އޭނާ ވިދާޅުވި އެވެ.

ކުރުދީންގެ ޓީވީއަކުންވެސް ވަނީ ވަކިން އޮންނަ އެ ސަރަހައްދަށް ބިންހެލުމުގެ އަސަރުކޮށް މީހުން ގެދޮރު ދޫކޮށް ނުކުތްކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއްވީ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް