މަކަރާއި ހީލަތުން މީހެއްގެ ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ. ނަމަވެސް ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްއަކުން މީހަކު އޭނާގެ ވޮލެޓުން ކޭޝް ކާޑެއް ނަގައި، އެކާޑު ބޭނުންކޮށްގެން ފައިސާ ނަގާ މަންޒަރެވެ.
Fuluhun Thahuqeeq Kuramundhaa Massala akaai Gulhigen Meehaku Hoadhanee https://t.co/WRza1WliJ1 pic.twitter.com/3JW9TaZIsi
— Maldives Police (@PoliceMv) November 12, 2017