ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ކުރިން ގާނޫނީ ވަކީލުކަން ކުރެއްވި ކ. ދިއްފުށި، އޮނުފީނިގެ، ޝަހީމް އަހުމަދު (51އ) ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ޝަހީމް ހޯދަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ ޝަހީމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ޝަހީމަކީ މީގެކުރިން ބޮޑެތި މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވި ގާނޫނީ ވަކީލެކެވެ.