ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން ސަސަޕެންޑް ކުރި ވަކީލުންގެ ތެރެއިން އިތުރު ދެ ވަކީލުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނުގައި ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު 10 އިން ފެށިގެން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ވަކީލުންގެ ތެރެއިން ހިސާން ހުސެނއިން އާއި އިބްރާހިމް ރިފްއަތުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ދެ ވަކީލުންގެ ސަސްޕެންޝަން އުވާލީ އެ ބޭފުޅުންނާ ގުޅޭ މައްސަލަ ބެލުމަށް ފަހުގައެވެ.
ޑީޖޭއޭ އިން އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ 54 ވަކީލެކެވެ. އޭގެ ތެރެއިން 37 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ. އެހެންވެ، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް މިހާރު ސަސްޕެންޝަންގައި ތިބޭނީ 15 ވަކީލެކެވެ.
ޑީޖޭއީ އިން އާދީއްތަ ދުވަހު ސަސްޕެންޝަން އުވާލި ދެ ވަކީލުންގެ ތެރެއިން ހިސާން ހުސެއިން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވޑައިގަންނަވާ ވަކީލެކެވެ. އަދި ގަނޫނީ ވަކީލް ރިފްއަތުއަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ގިނަ މެމްބަރުްގެ ތަކެއްގެ ގާނޫނީ ވަކީލެވެ.
.ޑީޖޭއޭ އިން ގިނަ އަދަދދެއްގެ ވަކީލުން ސަސްޕެންޑް ކޮށްފައި ވަނީ ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަ ކޮށް ސުޕްރީމް ކޯޓަށް ޕަޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރުމުންނެވެ.