ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 15:00
ބޮޑުވަޒީރު ރަޚޮއި ވަނީ ކެޓަލޯނިއާގެ ގާނޫނުހަދާ މަޖިލިސް އުވާލައްވާފަ
ބޮޑުވަޒީރު ރަޚޮއި ވަނީ ކެޓަލޯނިއާގެ ގާނޫނުހަދާ މަޖިލިސް އުވާލައްވާފަ
ބީބީސީ
ކެޓަލޯނިއާގެ މިނިވަންކަން
އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް
ބޮޑުވަޒީރު ރަޚޮއި ވަނީ ކެޓަލޯނިއާގެ ގާނޫނުހަދާ މަޖިލިސް އުވާލައްވައިފަ
އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު
ލީޑަރުން ހައްޔަރު ކުރުމާ ދެކޮޅަށް ބާސެލޯނާގައި ހޮނިހިރު ދުވަހުވަނީ ބޮޑު އެއްވުމެއް ބާއްވާފަ

ޑިސެމްބަރު މަހު ބާއްވާ އަވަސް އިންތިޚާބަށް ކެމްޕެއިން ފެއްޓެވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި އާދީއްތަ ދުވަހު ކެޓަލޯނިއާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެ މަނިކުފާނުގެ ޕޮޕިއުލަރ ޕާޓީ ގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން އާދީއްތަ ދުވަހު ހެނދުނު ބާއްވާ އެއްވުމުގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ތަގްރީރު ކުރައްވާނެ ކަމަށް ބެލެވެއެވެ.

އެ މަނިކުފާނު ކެޓަލޯނިއާއަށް މި ޒިޔާރަތް ކުރައްވަނީ ކެޓަލޯނިއާގެ ލީޑަރުން ހައްޔަރުކުރުމާ ދެކޮޅަށް ބާސެލޯނާގައި 750،000 މީހުން މުޒާހަރާ ކޮށްފައިވަނިކޮށެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނެގި ވޯޓުގެ ނަތީޖާއާ އެއްގޮތަށް ކެޓަލޯނިއާގެ މިނިވަންކަން އިއުލާނު ކުރުމާއެކު ބޮޑުވަޒީރު ރަޚޮއި ވަނީ ކެޓަލޯނިއާގެ ލީޑަރުން މަގާމުތަކުން ވަކިކުރައްވައި ޖަލަށް ލައްވާފައެވެ.

މިއީ މީގެ ދެ ހަފްތާކުރިން ކެޓަލޯނިއާގައި މިނިވަންކަން އިއުލާނުކުރި ފަހުން ބޮޑުވަޒީރު ރަޚޮއި އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާ ފުރަތަ ފަހަރެވެ.

ސްޕެއިންގެ ދުސްތޫރީ ކޯޓުން ޣައިރުގާނޫނީ ވޯޓެއް ކަމަށް އިއުލާނުކޮށްފައި ވަނިކޮށް ނެގި ވޯޓްގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 43 އިންސައްތަ މީހުން ވޯޓްލާފައިވާއިރު މިނިވަން ދައުލަތެއް ގާއިމް ކުރުމަށް 90 އިންސައްތަ މީހުން އާ ބަސް ބުނެފައިވާ ކަމަށް ކެޓަލޯނިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި އެ ސަރަހައްދުގެ މިނިވަންކަން އިއުލާނު ކުރުމަށް ފެނޭތޯ ބެލުމަށް އޮކްޓޯބަރު މަހުގެ 27 ގައި ނެގި ވޯޓަށް ފަހު ކެޓަލޯނިއާ ސަރަހައްދުވަނީ ސްޕެއިންގެ މައި ސަރުކާރުގެ ދަށަށް ގެންގޮސްފައެވެ.

މިއާއެކު ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި ނިންމެވިކަން އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް