ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 09:42
2015އިން ފެށިގެން ރައީސް ހާދީ ދިރިއުޅުއްވަނީ ސައުދީ އަރަބިއްޔާގައި
2015އިން ފެށިގެން ރައީސް ހާދީ ދިރިއުޅުއްވަނީ ސައުދީ އަރަބިއްޔާގައި
އަލްޖަޒީރާ
ޔަމަނުގެ ހަނގުރާމަ
ސައުދީ ދޫކުރައްވައި ވަޑައިގެންފިނަމަ ހާދީ އަވަހާރަކޮށްލަފާނެ:ޔަމަނުގެ އޮފިޝަލެއް
ސައުދީގައި ހާދީ ހުންނެވީ ގޭބަންދުގައިކަމަށް ބުނާވާހަކަ އޮފިޝަލް ދޮގުކުރައްވާ
ހާދީއާއި ޔަމަނުގެ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް އުޅުއްވަނީ ސައުދީ އަރަބިއްޔާގެ ހިމާޔަތުގައި
ރައީސް ހާދީއަށް އަމާޒުކޮށް ހަމަލާދޭން އުޅެނީ ޔަމަނުގެ ކޮން ޖަމާއަތަކުންކަމެއް އޮފިޝަލް ވިދާޅެއް ނުވޭ

ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ ސައުދީ އަރަބިއްޔާ ދޫކުރައްވައި، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ގައުމަށް އެނބުރި ވަޑައިގެންފިނަމަ އަވަހާރަ ކޮށްލަފާނެ ކަމަށް ޔަމަނުގެ އޮފިޝަލަކު އިންޒާރު ކުރައްވައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު އަލްޖަޒީރާގައި ވިދާޅުވީ އުމުރުފުޅުން 72 އަހަރުފުޅުގެ ހާދީ އެނބުރި ގައުމަށް ވަޑައިގެންފިނަމަ އަވަހާރަ ކޮށްލަފާނެކަމުގެ ބިރު ސައުދީ އަރަބިއްޔާއަށް ވެސް އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގައި ހާދީ ހުންނެވީ ގޭ ބަންދުގައި ކަމަށް ބުނެ މިހަފްތާގައި ފެތުރުނު ރިޕޯޓްތައް ވެސް އޮފިޝަލްވަނީ ދޮގުކުރައްވާފައެވެ.

"ހާދީ ހުންނެވީ ގޭ ބަންދުގައިކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ބުހުތާނެއް" މީޑިއާއަށް މައުލޫމާތު ހާމަކުރުމުގެ ހުއްދަ ނެތުމުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތުދެއްވި އޮފިޝަލް ވިދާޅުވިއެވެ.

"ހާދީ އަށް ބޭނުންފުޅުތަނަކަށް ވަޑައިގެންނެވިދާނެ،ގައުމުން ބޭރަށް ވެސް ވަޑައިގެންނެވިދާނެ، އެކަމަކު އަޅުގަނޑަށް އެނގިފައިވާގޮތުގައި އެމަނިކުފާނުގެ ފުރާނައަށް ހަގީގީ ނުރައްކަލެއް އޮތީ އެ މަނިކުފާނު އަދަނަށް ވަޑައިގެންފިނަމަ"

ހާދީއާއި އެމަނިކުފާނުގެ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް 2015ން ފެށިގެން ތިއްބަވަނީ ސައުދީގެ ވެރިރަށް ރިޔާޒްގައެވެ.

ހަނގުރާމަވެރި ހޫސީންނާއި ރައީސް ހާދީގެ ކުރިން ވެރިކަން ކުރެއްވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ސިފައިން ގުޅިގެން ޔަމަނުގެ ވެރިރަށް ސަންއާއާއި ގައުމުގެ ބޮޑުބައެއްހިފައި ރިޔާސީ ގަނޑުވަރަށް ހަމަލާދީ ހާދީއަށް އިސްތިއުފާ އިއުލާނު ކުރައްވަން މަޖުބޫރުވެ ވަޑައިގަތުމުން ހާދީވަނީ ސައުދީގެ ހިމާޔަތް ހޯއްދަވާފައެވެ.

ޔަމަނުގެ ބައެއް ފައުޖުތަކުން ހާދީއަށް އަމާޒުކޮށް ހަމަލާދޭން އުޅޭކަމަށް މައުލޫމާތު ލިބިފައިވާތީ ހާދީ މިވަގުތު  ޔަމަނަށް ވަޑައިގަތުން ރައްކާތެރި ނޫންކަމަށް ސައުދީގެ ސަރުކާރުން ދެކޭކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް ހަމަލާ ދިނުމުގެ ބިރު އޮތީ ކޮން ފައުޖަކުން ކަމެއް ވިދާޅެއް ނުވެއެވެ.

ޔަމަނުގެ ރައީސް ކަމަށް ހާދީ ވަޑައިގެންފައިވަނީ އަހަރެއް ހާ ދުވަހުގެ މުޒާހަރާގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އިސްތިއުފާ ދެއްވުމުން އެމެރިކާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 2012 ވަނަ އަހަރުއެވެ.

ދެ އަހަރު ދުވަހުގެ ދައުރަކަށް ވެރިކަމަށް ގެނެވުނު ނަމަވެސް އާ ގާނޫނު އަސާސީއެއް އެކުލަވާލުމާ ބެހޭގޮތުން ކުރެވޭ މަޝްވަރާތައް ފެއިލްވުމުން އިންތިޚާބުވަނީ ތަކުރާރުކޮށް ފަސްކުރެވިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 ނޮވެންބަރ 2017 | އާދީއްތަ 23:33
މޯލްޑިވިއަން
ތީދެންކާކު ފުއްޕާކައް