މިސްކިތަކުން މައިކެއް ވަގަން ނަގަން އުޅުނުކަން ސާބިތުވެ، މީހަކު 27 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ހދ. ކުޅުދުއްފުށީ ބްލޫނިއާގޭ އަހުމަދު ނަޝީދުގެ މައްޗަށެވެ.
އަހުމަދުގެ ނަޝީދު 27 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، މަޖީދީ މަގުގައި ހުންނަ "މަސްޖިދުލް ސުލްތާން އާދިލް" ގައި ބޭނުންކުރާ މައިކު ވަގަށް ނަގަން މިއަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ ފަތިހު އޭނާ އުޅެފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުންނެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާނޫނޫލްއުގޫބާތުގެ 211 ވަނަ މާއްދާގެ 'ހ' އާއި އެ ގާނޫނުގެ 86 ވަނަ މާއްދާގެ ދަށުންނެވެ. މި މާއްދާތަކުގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.