ކޮރަޮޕްޝަނާއި އަދި މަނީ ލޯންޑަރިން ގެ ތުހުމަތުކުރެވިފައިވާ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިއިރު އުއްތަމަ ފަނޑިޔާރު ސުރެންޑްރާ ކުމާރު ސިންހާ ހުންނެވީ ޗުއްޓީގައި ރަށުން ބޭރުގައެވެ. ގައުމުން ބޭރުގައި ހުންނަވާތާ މަހެއްފަހުން އިސްތިއުފާ ދެއްވިއިރު ބައެއް ރިޕޯޓުތައް ބުނާގޮތުން އޭނާ އިސްތިއުފާ ދެއްވީ އޯގަސްޓް މަހު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި ފައިސަލާ ކުރެވުނު މައްސަލައެއް ސަރުކާރާ ދެކޮޅަށް ނިމުމުން، އެކަމުގެ ސަބަބުން އައި ޕްރެޝަރުގައެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ފަނޑިޔާރުން ވަކިކުރެވެން އޮންނަ އޮތުން ނިމުމަކަށް ގެނެސްފައެވެ.
އުއްތަމަ ފަނޑިޔާރު ސުރެންޑްރާ ކުމާރު ސިންހާ ޗުއްޓީ އަށް ގައުމުން ބޭރަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުން، އޭނާގެ މައްޗަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ކޮރަޕްޝަނާއި އަދި މަނީ ލޯންޑަރިންގެ ތުހުމަތުތައް ކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން އުއްތަމަ ފަނޑިޔާރު ސިންހާ އިސްތިއުފާ ސިޓީ ހުށަހެޅުއްވީ ސިންގަަޕޫރުގައި ހުންނަ ބަންގްލަދޭޝް އެމްބަސީ އަށް އޭނާގެ ޗުއްޓީގެ އެންމެ ފަހު ދުވަހުއެވެ. އެއީ މިދިޔަ ހުކުރު ދުވަހުއެެވެ.