ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ދިވެހިން ވިސްނަން އެންމެ ރަނގަޅު ދުވަސް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރާއްޖޭގެ ރައްޔިތުންނަން ފޮނުއްވުމަށް ހޮނިހިރު ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ދިވެހިން ވިސްނަން އެންމެ ރަނގަޅު ދުވަސްކަމަށެވެ.
"ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ދިވެހިން ވިސްނަން އެންމެ ރަނގަޅު ދުވަސް" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފަވެއެވެ.
ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ރައްޔިތުންނަށްޓަކައިކުރާ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމަން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ. އެ އުސޫލުތައްވާންޖެހެނީ އެޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުން އިންތިހާބު ކުރާ ފަރާތަކަށް ވުމެވެ.