ރަހްމަތްތެރިކަމުގެ މެޗެއްގައި ވޭލްސްގެ މައްޗަށް ފްރާންސް ކުރިހޯދައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވޭލްސްއާ ވާދަކޮށް ފްރާންސް އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ފްރާންސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ފްރާންސްއިންނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރިޒްމަންއެވެ.
މި ލަނޑަށް ފަހު ވެސް ފްރާންސް އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
C'est la reprise ! Nos Bleus sont de retour sur la pelouse du Stade de France (1-0) #FRAPDG pic.twitter.com/1h2daiBraF
— Equipe de France (@equipedefrance) November 10, 2017
ވޭލްސްގެ ކެޕްޓަން ގެރެތް ބޭލްއާ ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި އެޓީމުން ވަނީ ރަނގަޅު ޑިފެންސެއް ކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވޭލްސްގެ މައްޗަށް ފްރާންސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް ފްރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
ފްރާންސް އިން މެޗުގެ ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައި ކީލިއަން އެމްބަޕޭގެ އެހީތެރިކަމާ އެކު އޮލިވާ ޖިރޫ ކާމިޔާބުކުރި ލަނޑުންނެވެ.