ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 15:22
ހާދިސާ އަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާ އަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ފްރާންސް
ބާރަށް ދުއްވި ކާރެއް ޖެހި ތިން ސްކޫލް ކުދިން ފްރާންސްގައި ޒަޚަމްވެއްޖެ
ޒަޚަމްވި އެއް ކުއްޖަކު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނޭ

 

ފްރާންސް ގެ ޓޫލޫޒް ސިޓީއާ ކައިރި ހިސާބެއްގައި ބާރަށް ދުއްވި ކާރަކުން ޖެހި ތިން ސްކޫލް ކުދިން ޒަޚަމްވެއްޖެއެވެ. 

ރިޕޯޓުތައް ބުނާގޮތުން ޒަޚަމްވި އެއްކުއްޖެއްގެ ހާލު ސީރިއަސް އެވެ. އަދި ޒަޚަމްވި ހުރިހާ ކުދިންނަކީ ޗައިނާ އަށް ނިސްބަތްވާ ކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މިހާދިސާ ހިނގީ ކޮލެޖެއްގެ ބޭރުގައި ކަަމަށްވާއިރު އަދި އެއީ ކޮން ކޮލެއްޖެކަން ނޭނގެއެވެ. ފުލުހުންނާ ހަވާލާދީ ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑްރައިވަރު ކާރު ބާރަށް ދުއްވާފައި ގޮސް ކުދިންތަކެއްގެ ގައިގައި،  ޖެއްސީ ގަސްދުގައެވެ. 

ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް