ހަބަރެއް ނުވެގެން ހޯދަމުންދިޔަ "ނިވާލި" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މި ދޯނީގެ ޚަބަރެއްވީ ބުރާސްފަތި ދުވަހުގެ ރޭ 23:29 ހާއިރުކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދެއެވެ. އަދި މި ދޯނީގެ ހަބަރެއްވިއިރު އޮތީ ރ.އަތޮޅާއި 7 މޭލު ބޭރުގައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
މަސްވެރިކަމަށް ނުކުމެ އުޅުނު މި ދޯންޏާއި ނުގުޅުނީ ފޯނުގެ ރޭންޖު ނުލިބޭ ސަރަހައްދެއްގައި އޮތުމުން ކަމަށާއި، މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނެއެވެ.