މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޔަވާލި" ނަމަކަށް ކިޔާ ދޯންޏެއްގެ ހަބަރު ނުވެގެން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ދޯނީގެ ހަބަރެއް އެންމެ ފަހުންވެފައިވަނީ ބުދަ ދުވަހުގެ ރޭ 19:22 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެއެވެ. މި ދޯންޏަކީ ދިގުމިނުގައި 85 ފޫޓު ހުރި، ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ކަޅުކުލައާއި ހުދު ކުލަ ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.