ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ދަރުބާރު ގޭގައި ބޭއްވުމަށް ނިންމައި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންއެބަދެއެވެ.
ފުލުހުން ބުނީ މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރު ގޭގައި ބާއްވާ ރަސްމީ ޖަލްސާ ކުރިއަށްދާ ވަގުތު ދަރުބާރުގޭ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ނޮވެންބަރު 11، 2017 ވާ ހޮނިހިރު ދުވަހުގެ ރޭ 7:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެސަރަހައްދުގެ ބައެއް މަގުތައް އާއްމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ތިރީގައި އެވަނީ ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތެވެ.
ވެހިކަލްތަކަށާއި ހިނގާ މީހުންނަށް ބަންދު ކުރެވޭ ސަރަހައްދު
* ބޮޑުތަކުރުފާނު މަގު ބުރެވިމަގުން ފެށިގެން ހިތިގަސްމަގާއި ހަމައަށް
* ހިތިގަސްމަގު ބޮޑުތަކުރުފާނު މަގުން ފެށިގެން ރަތްވިލާ ހިގުމާއި ހަމައަށް
* މޫންލައިޓް ހިގުން ހިތިގަސްމަގުން ފެށިގެން އަމީނީމަގާއި ހަމައަށް
* ބޮޑު ތަކުރުފާނު މަގު ރަތްވިލާ ހިނގުމުން ފެށިގެން ފަޅުމަތީ މަގާއި ހަމައަށް
* ރަތްވިލާ ހިނގުން ބުރުޒުމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާއި ހަމައަށް
* ޖަނަވަރީ ހިނގުން ބުރުޒުމަގުން ފެށިގެން އަމީނީމަގާއި ހަމައަށް
* ކަލާފާނު ހިނގުން ބުރުޒުމަގުން ފެށިގެން އަމީނީ މަގާއި ހަމައަށް
* އަމީނީމަގު މޫންލައިޓްހިގުމުން ފެށިގެން ކަށިމާހިގުމާއި ހަމައަށް
* ބުރުޒުމަގު މޫންލައިޓްހިގުމުން ފެށިގެން ކަލާފާނުހިނގުމާއި ހަމައަށް
ހަމައެކަނި ދުއްވާ އެއްޗެއްސަށް ބަންދުކުރެވޭ ސަރަހައްދު
* ރަތްވިލާ ހިނގުން ލޮނުޒިޔާރަތްމަގުން ފެށިގެން ބުރުޒުމަގާއި ހަމައަށް
* ޖަނަވަރީ ހިނގުން ލޮނިޒިޔާރަތް މަގުން ފެށިގެން ބުރުޒުމަގާއި ހަމައަށް
* އިރުދޭމާ ހިނގުން ލޮނުޒިޔާރަތްމަގުން ފެށިގެން ބުރުޒުމަގާއި ހަމައަށް
* މޫނިމާހިގުން ލޮނިޒޔާރަތްމަގުން ފެށިގެން ބުރުޒުމަގާއި ހަމައަށް
* ކަލާފާނު ހިނގުން ލޮނުޒިޔާރަތްމަގުން ފެށިގެން ބުރުޒުމަގާއި ހަމައަށް
ކޮންމެ އަހަރެއްގެވެސް ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ އާއްމު ގޮތެއްގައި ބާއްވަމުން އަންނަނީ ދަރުބާރުގޭގަ އެވެ. އަދި އެޖަލްސާގައި ހިތްވަރު ދިނުމުގެ އިނާމާއި އާއްމު ޚިދުމަތުގެ އިނާމުގެ އިތުރުން ގައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައެވެ.