ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 23:32
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
ޕާކިސްތާން
ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މަރާލައިފި
ހަމަލާގައި މަރުވެފައި ވަނީ ބަލޮޗިސްތާނު ގެ ޕްރޮވިންޝަލް ޕޮލިސް ފޯސްގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލްއެއް

 

ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ދެ ފުލުހުން މަރުވެއްޖެއެވެ. 

މަރުވި ދެ ފުލުހުންގެ ތެރޭގައި ފުލުހުންގެ އިސް އޮފިޝަލަކު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެެވެ. ރިޕޯޓުތައް ބުނާގޮތުން މަރުވެފައި ވަނީ ހާމިދް ޝަކީލް ނަމަކަށް ކިޔާ ފުލުހަކާއި އޭނާގެ ޑްރައިވަރެވެ. ބޮންގޮވި ހާދިސާ ގައި މަދުވެގެން ތިން މީހަކު ޒަަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަލާ އާމާޒު ކުރީ ޝަކީލް ދަތުރު ކުރި ވެހިކަލަށެވެ. 

ކުއެއްތާ ސިޓީ އަކީ ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސް އަށް ނިސްބަތްވާ ސިޓީއެކެވެ. ރިޕޯޓުތައް ބުނާގޮތުން މަރުވި ފުލުހުންގެ އޮފިޝަލަކީ ބަލޮޗިސްތާނު ގެ ޕްރޮވިންޝަލް ޕޮލިސް ފޯސްގެ ދެ ވަނަ އަށް އެންމެ މަތީ ރޭންކްގައި ހިމެނޭ ފުލުހުންގެ އޮފިޝަލެކެވެ.

ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި މިފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ގިނަވެފައެވެ. 

މިދިޔަ އޮކްޓޯބަރު 18 ގައި ވެސް ފުލުހުން ދަތުރު ކުރި ވެހިކަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ހަތް ފުލުހުން މަރުވެ 22 މީހަކު ޒަޚަމްވިއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް