ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ދެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ހޯދަޑު، ހުވަދުމާފިށި، އިބްރާހިމް ނާޝިދު (34އ) އާއި ޏ. ފުވައްމުލައް/މިސްކިތްމަގު، ސާމިޔާލޮޖް، ޢަލީ ނަޞީރު (34އ) އެވެ.
މި ދެ މީހުންގެ ތެރެއިން އިބްރާހިމް ނާޝިދު ހޯދަމުން ދަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި ޢަލީ ނަޞީރު ހޯދަމުންދަނީ މާރާމާރީގެ މައްސަލައަކާ ގުޅިގެންނެވެ.
ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.