ސަރުކާރުގެ ގިނަ އޮފިސްތަކެއް ހިމެނޭ ވެލާނާގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ވެލާނާގެ 8 ވަނަ ފަންގިފިލާއިން ދުން އަރަމުންދާ ކަމުގެ މައުލާމާތު ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ 8 ވަނަ ފަންގިފިލާގައި ހުރި ފޮށިގަނޑެއްގައެވެ. އެ ތަކެތި އިމާރާތުން ބޭރަށް ނެރެ މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ 10:30 އެހާއިރުއެވެ
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވަން އުޅުނު ވެލާނާގެ ސެކިއުރިޓީ ގާޑަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެމީހާ ގެންގޮސް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އެމްއެންޑީއެރުން ބުނީ އަލިފާން ރޯވުމަށް ދިމާވީ، 8 ވަނަ ފަންގިފިލާގެ ވެއިޓިންގ އޭރިއާގައި ކުނީގެ ގޮތުގައި އުކާލަން އެއްކޮށްފައި ހުރި ކަރުދާސްތަކެއްގައި ރޯވެގެން ކަމަށެވެ.
މިހާދިސާ ހިނގުމާ އެކު އެވަގުތު ވެލާނާގޭގައި ތިބި އެންމެން ފުލުހުން ވަނީ ބޭރަށް ނެރެފަ އެވެ. 8 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ގްރައުންޑް ފްލޯއަށްވެސް ދުމުގެ އަސަރުކުރިއެވެ.