ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 00:31
ބުދަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން
ބުދަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން
ކެޓަލޯނިއާ މައްސަަލަ
ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 
މުޒާހަރާ ކުރި ފަރާތްތައް ވަނީ ކެޓަަލޯނިއާގެ ހައިވޭ ތަކާއި އަދި ރެއިލްވޭ ލައިނުތައް ބްލޮކްކޮށް މުޒާހަރާކޮށްފައި

ކެޓަލޯނިއާއިން މިނިވަންކަން އިއުލާން ކުރުމާއި ގުޅިގެން ސްޕެއިން ސަރުކާރުން މަގާމުން ދުރުކޮށް، ޝަރީއަތް ފަށާ އަދި ޖަލަށް ލާފައިވާ ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ ކެޓަލޯނިއާގެ މިނިވަންކަމަށް ތާއިދު ކުރާ ރައްޔިތުން ބުދަ ދުވަހު މުޒާހަރާކޮށްފިއެވެ.

މުޒާހަރާ ކުރި ފަރާތްތައް ވަނީ ކެޓަަލޯނިއާގެ ހައިވޭ ތަކާއި އަދި ރެއިލްވޭ ލައިނުތައް ބްލޮކްކޮށް މުޒާހަރާކޮށްފައެވެ. 

މުޒާހަރާ އާ ބެހޭ ގޮތުން "ކެޓެލަން ޓްރާންސިޓް ސާވިސް" އިން ބުނެފައި ވަނީ ހައިވޭތަކާއި ރެއިލްވޭ ލައިނުތައް ބްލޮކްވުމުގެ ސަބަބުން، ކެޓަލޯނިއާ ސަރަހައްދުގެ ވެރިރަށް ބާސެލޯނާ އަށް ދާން އޮންނަ މަގުތަކުންވެސް ވެސް ދަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ދިމާވި ކަމަށެވެ. 

ކެޓަލޯނިއާ އިން ދާދިފަހުން ވަނީ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނަގާފައެވެ. އެ ސަރަހައްދުގެ ގިނަ ރައްޔިތުން ވޯޓުުގައި ބުނެފައި ވަނީ މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށެވެ. ސްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓު ގަބޫލު ނުކުރާ ކަމަށެވެ. 

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގެ މައްސަލައިގައި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓްއާއި އޭނާގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ މައްޗަށް ވަނީ ދައުލަތާ ދެކޮޅު ހަރަކާތްތަކަށް ހިތްވަރު ދިން މައްސަލައާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ދައުވާ އުފުލާފައެެވެ. ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެފަރާތްތަކުގެ މައްޗަށް އައުން އެކަށީގެންވެއެވެ. ކެޓަލޯނިއާ ސަރުކާރުގެ ނުވަ އޮފިޝަލަކު މިހާރު ވެސް ތިބީ ސްޕެއިންގެ ޖަލުގައެވެ. 

ދާދިފަހުން ސްޕެއިން އިން ވަނީ ކެޓަލޯނިއާ އަށް ދީފައި އޮތް ސަރަހައްދީ މިނިވަންކަން، އެއްކޮށް ނިގުޅައިގެންފައެވެ. އަދި ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް މަގާމުން ވެސް ދުރުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕުއިޖެމޮންޓް ވިދާޅުވީ ކެޓަލޯނިއާ، ސްޕެއިންގެ ފުރިހަމަ ބާުރުގެ ދަށަށް ގެންދިޔުމާއި ދެކޮޅަށް ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރަން ޖެހޭ ކަމަށާއި މަގާމުން ދުުުރުކުރި ފަރާތްތައް އެކުވެގެން "މިނިވަން ކެޓަލޯނިއާއެއް ބިނާކުރައްވަން" މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް