އަންނަ ޑިސެމްބަރު މަހުގެ ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އިމާމެއް ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.
މިއީ އެކޯޕަރޭޝަނުން އެކަމަށް ފުރުސަތު ހުޅުވައިލި އިއުލާންކުރި ދެވަނަ ފަހަރެވެ.
އެކޯޕަރޭޝަނުން ބުދަ ދުވަހު ސަރުކާރުގެ ގެޒެޓްގައިކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިމަހުގެ ދެވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އިމާމްގެ މަޤާމަށް އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން ކުރިމަތި ލާފައި ނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާ ކަމަށެވެ. ފިރިހެން އިމާމަކު ހޯދުމަށް ކޮށްފައިވާ އެއިލާނުގައި އެފަދަ އިމާމެއްގައި ހުންނަން ޖެހޭނެ ޝަރުތުތަކެއް ވެސް ވަނީ އެކޯޕަރޭޝަނުން ކަނޑައަޅާފައެވެ.
ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވާ އިރު އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއެއް ކަމުގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންނެވެ.