ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 14:39
މި ދަތުރުފުޅު އަމާޒުކުރައްވާނީ ވިޔަފާރިއާ އުތުރު ކޮރެއާގެ މައްސަލައަށް ކަމަށްވަނީ ބެލެވިފަ
މި ދަތުރުފުޅު އަމާޒުކުރައްވާނީ ވިޔަފާރިއާ އުތުރު ކޮރެއާގެ މައްސަލައަށް ކަމަށްވަނީ ބެލެވިފަ
ރޮއިޓަރސް
ޓްރަމްޕްގެ އޭޝިއާ ދަތުރުފުޅު
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި
ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވަނީ ދެކުނު ކޮރެއާއާއި ޖަޕާނަށް ވަޑައިގެންފަ
މި ދަތުރުފުޅު އަމާޒުކުރައްވާނީ ވިޔަފާރިއާ އުތުރު ކޮރެއާގެ މައްސަލައަށް ކަމަށްވަނީ ބެލެވިފަ

އޭޝިއާގެ ފަސް ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިއެވެ.

ބެއިޖިންގއަށް ޓްރަޕްމް ވަޑައިގެންފައިވާއިރު މި ދަތުރުފުޅު އަމާޒުކުރައްވާނީ ވިޔަފާރިއާ އުތުރު ކޮރެއާގެ މައްސަލައަށް ކަމަށް ބެލެވެއެވެ.

ބުދަ ދުވަހުގެ މެންދުރު ޓްރަމް ޗައިނާއަށް ވަޑައިގެންފައިވާއިރު ރައީސް ޝީ ޖިން ޕިން ވަނީ ޓްރަމްޕްގެ ޝަރަފުގައި ބާއްވަވާ ފަރީއްކޮޅަކަށް ތައްޔާރުވެ ވަޑައިގެންފައެވެ.

ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވަނީ ދެކުނު ކޮރެއާއާއި ޖަޕާނަށް ވަޑައިގެންފައެވެ.

ސޯލްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވަނީ އުތުރު ކޮރެއާއާ ގުޅުން ކަނޑާލުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ.

ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ ރައީސް ޝީ އަށް ތައުރީފް ކުރައްވާ "އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ސިޔާސީ ބޮޑު ކާމިޔާބަށްފަހު" ބައްދަލު ވެލަން އިންތިޒާރުގައި ހުންނެވިކަމަށް ވިދާޅުވަފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ޝީ ވަނީ ފަސް އަހަރުގެ ދެވަނަ ދައުރަކަށް ފުރިހަމަ ބާރާއެކު ހޮވިވަޑައިގެންފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ކަމަކީ ރައީސް ޓްރަމްޕްއާއެކު ކަންކަމުގައި އެއްބަސްވުމަކަށް ވަޑައިގަތުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމެކެވެ.

 

ޗައިނާގެ އެމްޕަރަރއިންގެ ގެކޮޅެއްގެ ގޮތުގައި އެތައް ގަރުނެއްވަންދެން ބޭނުންކުރެއްވި ފޯބިޑެން ސިޓީއަށް ރައީސް ޓްރަމްޕްއާއި އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ވަޑައިގެން ހަވީރު ސައިފޮދެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް