އއ އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާ ތަޙްގީގު ކުރަމުންދާ ކަމަށެވެ. އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވީ އެރަށު އިންޖީނުގެ ސައުންޑް ޕްރޫފް ކުރުމަށް ސްޓެލްކޯގެ މުވައްޒިފުން ވެލްޑިން ކުރަން އުޅުމުގެ ތެރޭގައެވެ.
ރާއްޖެއެމްވީއަށް މައުލޫތު ލިބިފައިވާ ގޮތުގައި މި މައްސަލަ ތަޙްގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ބުދަދުވަހު އެރަށަށް ގޮސްފައިވެއެވެ. އަދި ސްޓެލްކޯގެ ހާއްސަ ޓީމެއް ވެސް އުކުޅަހުގައި ދަނީ ހަރަކާތެރިވަމުންނެވެ. މިކަމާއި ގުޅިގެން ސްޓެލްކޯގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފުލުހުން ބުނީ ތަޙްގީގް ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އުކުޅަހުގައި ފެނާއި ކަރަންޓްގެ ޙިދުމަތް ދެނީ ސްޓެލްކޯ އިންނެވެ. އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ހުރި 120 ކިލޯވޮޓްގެ އިންޖީނެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އިންޖީނުތަކުން ޕެނެލް ބޯޑަށް ގުޅާފައި ހުރި މެއިން ކޭބަލްތަށް ވެސް ވަނީ ހަލާކުވެފައެވެ. ސްޓެލްކޯއިން އިންޖީނުގެއަށް ލިބުނު ގެއްލުމާއި ގުޅިގެން މިހާތަނަން މީޑިއާއަށް މައުލޫމާތު ދީފައެއް ނުވެއެވެ. އެހެން ނަމަވެސް އުކުޅަހު ކައުންސިލުން ބުނީ އިންޖީނުގޭގެ 90 ޕަސެންޓް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ..
އަލިފާން ނިންވުމުގެ ތެރޭގައި ހާސްވެ ނޭވާލާން އުނދަގޫވުގެން އެރަށު ސިއްހީ މަރުކަރުގައި ހަ މީހަކު އެޑްމިޓް ކުރިއެވެ. އެހެން ނަމަވެސް އެޑްމިޓް ކުރި އެންމެން ވަނީ މިހާރު ދޫކޮށްލާފައެވެ.