ވިލިމާލޭ ފެރީ ޓަރމިނަލް ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސައިކަލުގައި ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ އަންގާރާ ދުވަހުގެ ރޭ ދަންވަރު 03:31 ގައި ކަމަށެވެ. އާޒިމް ވިދާޅުވީ، ސިފައިން އެ ސަރަޙައްދަށް ދިޔައިރު، އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވީނަމަވެސް، ފުލުހުންގެ މީޑީއާ އޮފިސަރ ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ފަރާތުން މިކަމާ ގުޅޭ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހާދިސާ ހިނގިއިރު އެ ސަރަޙައްދުގައި ތިބި މީހުން ވަނީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބުނެފައެވެ.