ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 21:51
އެމްއެމްއޭ އިމާރާތް: މާލީ އެސެޓްގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި
އެމްއެމްއޭ އިމާރާތް: މާލީ އެސެޓްގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި
ގޫގުލް
އެމްއެމްއޭ މާލީ ބަޔާން
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
އޮކްޓޫބަރު މަހުގެ މާލީ އެސެޓް 15.9 ބިލިއަން ރުފިޔާ
ޖެނުއަރީ މަހު މާލީ އެސެޓް ހުރީ 20.2 ބިލިއަން ރުފިޔާގައި
މިއަހަރުގެ ބަޖެޓު ޑެފިސިޓް އުޅެނީ ގާތްގަނޑަކަށް 528.7 މިލިއަން ރުފިޔާގައި

މިއަހަރުގެ މާލީ އެސެޓްތަކުގެ މިންވަރު ފަސް ބިލިއަން ރުފިޔާ އަށް ދަށްވެއްޖެ އެވެ.

ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މޮނިޓރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ފައިނޭންޝިއަލް ސްޓޭޓްމެންޓްގައި ވާގޮތުން އޮކްޓޫބަރު މަހުގެ މާލީ އެސެޓް ހުރީ 15.9 ބިލިއަން  ރުފިޔާގައެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު ހުރީ 20.2 ބިލިއަން ރުފިޔާގަ އެވެ. އެހެން ކަމުން އަހަރުގެ މިހާ ހިސާބަށް އައި އިރު ޖެނުއަރީ މަހާ އަޅާ ބަލާ އިރު ދައުލަތުގެ މާލީ އެސެޓް ވަނީ ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ސަރުކާރުގެ މާލީ އެސެޓް ދަށަށް ގޮސްފައިވާ އިރު ދައުލަތުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ވަނީ ހަަމަޖެހިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު މިދިޔަ އަހަރު ފާސްކޮށްފައިވާ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ މަހު ފަކޮޅު ވަނީ ހުށަހަޅައި ފާސްކޮށްފަ އެވެ.

މި ހިނގާ 2017 ވަނަ އަހަރަށް ސަރުކާރުން އާމްދަނީ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު އަންދާޒާކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

 މިއަހަރުގެ ބަޖެޓު ޑެފިސިޓް އުޅެނީ ގާތްގަނޑަކަށް 528.7 މިލިއަން ރުފިޔާގަ އެވެ.

 

 

 

 

 

- ކޮމެންޓް