ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 06:33
ހަމަލާ އަމާޒުވި ޓީވީ ސްޓޭޝަން ހުރި ސަރަހައްދު
ހަމަލާ އަމާޒުވި ޓީވީ ސްޓޭޝަން ހުރި ސަރަހައްދު
ގޫގުލް
އަފްޣާނިސްތާން
އަފްޣާންގެ ޓީވީ ސްޓޭޝަނަކަށް ހަމަލާ ދީ ދެ މީހަކު މަރާލައިފި
އަފްޣާންވެފައި ވަނީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި

 

ފުލުހުން ކަމަށް ހެދިގެން ތިބި ހަނގުރާމަވެރިންތަކެއް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޓީވީ ސްޓޭޝަނަކަށް ހަމަލާދީ މަދުވެގެން ދެ މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

"ޝަމްސާދް ޓީވީ" އަށް ހަމަލާ ދިނުމުގައި މަދުވެގެން ތިން ހަނގުރާމަވެރިން ބައިވެރިވިއެވެ. އަދި އެމީހުން ހަމަލާ ދިނީ ބަޑިއާއި ގްރެނޭޑް ބޭނުންކޮށްގެންނެވެ. 

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އަފްޣާނުގެ ސަލާމަތީީ ޚިދުމަތްތަކުން މިހާރު ވަނީ ހަނގުރާމަވެރިންގެ ހަމަލާ ހުއްޓުވާފައެވެ. އަދި "ޝަމްސާދް ޓީވީ" އިން ވަނީ  އަލުން ބްރޯޑްކާސްޓް ފަށާފައެެވެ. 

މަރުވި މީހުންގެ ތެރޭގައި ޓީވީ ސްޓޭޝަނުގެ ސެކިޔުރިޓީ ގާޑަކު ހިމެނޭ އިރު 20 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. 

ހަމަލާގެ ޒިންމާ ނަގާފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް