މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް މ.ރިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަން ކުރައްވައިފިއެވެ.
ޝަފާއު މި މަގާމަށް އައްޔަން ކުރެއްވި ކަމަށް އިއުލާން ކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު އަމިއްލަފުޅު ޓްވިޓާގައެވެ. ޝަފާއު އެ މަގާމަށް އައްޔަން ކުރެއްވި އިރު ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ނިމާލުވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.
މީގެ ކުރިން އެމްއާރްޑީސީ ހިންގަވަމުން ގެންދެވީ އެކްޓިން މެނޭޖިންގ ޑިރެކްޓަރގެ މަޤާގާމުގައި ހުންނެވި އަހުމަދު މަމްދޫހް އެވެ.
Today PCB has appointed Mohamed Shafau Hassan, M.Rivelige, as the Managing Director of MRDC
— Mohamed Nizar (@nixaar) November 7, 2017
ޝަފާއު މީގެ ކުރިން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އިސްލާމިކް ބޭންކާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރު ގެ މަގާމުގައެވެ.