ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމަށް ނުހައްގުން އަނިޔާ ލިބޭތާ 1000 ދުވަސްވީ ކަމަށާއި ކާނަލް ނާޒިމް މިނިވަން ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒް ކުރައްވާތާ 1000 ދުވަސް މިއަދަށް ފުރިފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ކާނަލް ނާޒިމް ފްރޭމްކޮށް ނުހައްގުން ޖަލަށްލާ އަނިޔާ ލިބޭތާ 1000 ދުވަސް ވީ ކަމަށެވެ. އަދި "އަޅުގަނޑުމެން ކާނަލް ނާޒިމް މިނިވަން ކުރާނެ" ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
Col. Nazim framekoh, nuhaqqun jalahlaa, aniya libeythaa 1000 dhuvas. Alhugan'dumen Col. Nazim minivan kuraane
— Mohamed Nasheed (@MohamedNasheed) November 6, 2017
ނަޝީދުގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ވެސް މިއަދު ވަނީ ނާޒިމަށް ނުހައްގުން ލިބޭ އަނިޔާއާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ކާނަލް ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައި އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ އެވެ.
އެމްޑީޕީގެ އިތުރުން ސިޔާސީ އެހެން ބޭފުޅުން ވެސް ގެންދަވަނީ ނާޒިމް މިނިވަންކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ރައީސް މައުމޫން ވެސް ވަނީ ނާޒިމް ޖަލަށް ލާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނާޒިމް ޖަލަށްލާފައި ވަނީ ބޭއިންސާފް ޝަރީއަތަކުން ކަމަށެވެ.
Col @nazim787878 1,000 days in prison on a trumped up charge. #FreeColNazim pic.twitter.com/X1FoTt66Mz
— Maumoon Abdul Gayoom (@maumoonagayoom) November 6, 2017